އޭލެވަލްއަށް ކިޔަވަން ފީ ދައްކައިދޭނީ ސަރުކާރުގެ ސްކޫލުތަކުން ޖާގަ ނުލިބޭ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭ ލެވަލްއަށް ކިޔެވުމަށް ސަރުކާރުގެ ސްކޫލްތަކުން މިހާރު ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އެގޮތުން ގްރޭޓާ މާލެއިން ސީއެޗްއެސްއީ އަދި ސީއެޗްއެސްސީ- ހުޅުމާލެއިން އޭ ލެވަލްއަށް ކިޔެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ފުރުސަތު ހުޅުވާލުމާއެކު، ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގާ ސްކޫލްތަކުގެ ދަރިވަރުންނަށް ފީ ދައްކާނީ، ސަރުކާރުގެ އޭލެވެލް ސްކޫލަކަށް އެޕްލައިކޮށް ޖާގަ ނުލިބިގެން މިނިސްޓްރީގެ ފަރާތުން އެފަދަ ސްކޫލަކަށް ފޮނުވާ ދަރިވަރުންނަށެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު ފީ ލިބެމުންދާ ދަރިވަރުންނަށް އެ ދަރިވަރުން ގްރޭޑް 12 ނިމެންދެން މިނިސްޓްރީގެ ފަރާތުން ފީ ދައްކަމުންގެންދާނެއެވެ." މިނިސްޓަރު ވިދާޅުވި އެވެ.
ސީއެޗްއެސްސީގެ މާލެއާއި ހުޅުމާލެއަށް ވަދެވެނީ ސާނަވީ އިމްތިހާންގައި ފަސް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ ދަރިވަރުންނަަ ށެވެ.

ކިޔުންތެރިންގެ ހިޔާލު