މަމްސް އެއިޑާއެކު ސޯޝަލް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން--
މަމްސް އެއިޑާއެކު ސޯޝަލް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުން ފާހަގަވި އާއިލާތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސޯޝަލް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް ހާލުގައި އުޅޭ ހަ އާއިލާއެއް ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ އެއާއިލާތަކަށް އެހީތެރިވުމަށް ރާއްޖޭގައި އެހީދޭ ޖަމިއްޔާއެއް ކަމަށްވާ މަމްސް އެއިޑް އާއި އެޗްޑީސީ ގުޅިގެން އެހީ ތެރިކަން ފޯރުކޮށްދީ އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.



ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިތުރަށް ބުނީ އެ މިނިސްޓްރީން މަމްސް އެއިޑްގެ މުއައްސިސުންނާއެކު ބައްދަލުކޮށް، އެ ޖަމުއިއްޔާއާއި ގުޅިގެން އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި، މަސައްކަތްކުރާނެ ދާއިރާތަކާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން