އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތަށް ހުރަސްއަޅާނަމަ ހަނާވަނީ ރައްޔިތުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނީ އެމްޑީޕީ ކަމަށެވެ. އަދި އެކަން ދުވަހަކުވެސް ބަދަލު ނުކުރެވޭނެ ކަމަށް ކުޑޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި އެހެން ނަމަވެސް މިހާރު އޮތް މަޖިލީހުން އެ ޒިންމާ އަދާނުކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި އޮތީ ރައްޔިތުންގެ މަޖިލިސްގެ ބަދަލުގައި، ރަބަރު ސްޓޭމްޕް ޖަހާ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް ކަމަށް ކަމަށް ކުޑޫ ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އިތުރަށް ވިދާޅުވީ، ސަރުކާރުގެ މެންބަރުން އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި ކަމެއް ކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަސައްކަތް ނުކޮށް އެމްޑީޕީން ރައްްޔިތުންގެ ހައްގުގައި ކުރާ މަސައްކަތަށް ހުރަސްއަޅާނަމަ ހަނާވަނީ ރައްޔިތުން ކަމަށް ވެސް މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން