ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވާ ސަބަބު ދެނެގަތުމަށް ސާވޭއެއް ހަދަން ނިންމައިފިއެވެ.

ފާއިތުވިއަހަރުތަކުގެ އިންތިހާބުތަކުގައިވެސް ވޯޓްލާން ނުނުކުންނަ މީހުންގެ ނިސްބަތް ގިނަކަން މީގެކުރިންވެސް އީސީ އިން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަންފާހަގަކޮށް ކޮންމެ އިންތިހާބަކާ ދިމާކޮށް އާއްމުރައްޔިތުން ހޭލުންތެރިކުރުމަށް އެކޮމިޝަނުން ގިނަ މަސައްކަތްތައްވެސް ކުރެއެވެ.

އެހެންނަމަވެސް ފާއިތުވެގެން ދިޔަ ދެ އިންތިހާބުގައިވެސް ވޯޓުލާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެން ސާވޭއެއް ހަދަން ނިންމާފައިވާކަމަށް އީސީ މިއަދު ވަނީ ހާމަކޮށްފައެވެ.

އީސީ އިން ބުނީ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށްގެންދާ ކަމަށެވެ. އަދި ވޯޓުލާ މީހުންގެ ނިސްބަތް މަދުވެގެންދާ މައްސަލައިގެ ހަގީގަތް ހޯދުމަށްޓަކައި ސާވޭއެއް ކުރަން ނިންމާފައިވާކަމަށްވެސް އެ ކޮމިޝަނުން ހާމަކުރިއެވެ.

ވޯޓުލާން ނުކުންނަ މީހުން މަދުވާ ސަބަބު ހޯދުން ސާވޭއެއް ކުރުމަށް އީސީން ނިންމާފައިވާޖަން މިއަދު ހާމަކުރިއިރު، އެންމެ ފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް ވޯޓު ނުލާ މީހުންގެ ނިސްބަތް ގިނަކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން