ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން ނަން އާންމުކުރި ކުންފުނިތަކުގެ ތެރެއިން ފައިސާ ދެއްކީ 20 ކުންފުންޏަކުން ކަމަށް ހާމަވެއްޖެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ވޯކް ޕާމިޓް ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ފަރާތްތަކުގެ ތަފްސީލީ މައުލޫމާތު ހޯމް މިނިސްޓްރީން އާންމުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާގޮތުން ވޯކް ޕާމިޓާ ޖޫރިމަނާއާއެކު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކުންފުނިތަކުގެ އަދަދު 123 އަށް އަރައެވެ.

އެ ލިސްޓު އާންމުކޮށް އޭރު ހޯމް މިނިސްޓްރީން ބުނީ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލާނެ ކަމަށެވެ.

ރޭ ހޯމް މިނިސްޓްރީން ބުނީ ނަން އާންމުކުރި ކުންފުނިތަކުގެ ތެރެއިން 20 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެގޭ ފައިސާތައް ދައްކާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕީއެންސީގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ރެޑް ވޭވް ކުންފުނި ވެސް ހިމެނެ އެވެ.

އޭގެ އިތުރުން އެލިއާ ކޮންސްޓްރަކްޝަންއާއި ހޮރައިޒަން ފިޝަރީޒްގެ އިތުރުން ޔުނިވާސަލް އެންޓަޕްރައިޒާސްވެސް ލިސްޓުގައި ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން