މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު އެ މަގާމުން ވަކިކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި މައްސަލައަކީ އެކައުންސިލްގެ އެސްޖީގެ ޒިންމާ އަދާކުރުމުގައި ލަސްކަން ފާހަގަވާތީ އެކަމުގެ ޝަކުވާ ލިބޭތީ ޑެޕިއުޓީ މޭޔަރު ނަރީޝް ކައުންސިލްގެ ޖަލްސާއަށް ފޮނުއްވި މައްސަލައެކެވެ.

އިއްޔެ އޮތް ކައުންސިލްގެ ބައްދަލުވުމުގައި މައްސަލަ ހުށަހެޅުއްވުމަށްފަހު ނަރީޝް ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތް ލަސްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށާއި އެގޮތުން ރައްޔިތުން ހުށަހަޅާ ސިޓީތަކަށް ޖަވާބު ނުދެވި ދެ މަސްދުވަސް ހޭދަވެފައި އެބަހުރި ކަމަށެވެ. އަދި އެއީ އެކަން ވެގެންވާނެ ގޮތެެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވެސް ވަނީ އެސްޖީގެ މަސައްކަތުގައި ލަސްކަން ފާހަގަވާކަމަށާއި ނަމަވެސް އެއީ ހަމައެކަނި އެސްޖީގެ ސަބަބުންވާލަސްވުމެއް ނޫންކަމަށާއި އެއީ އިދާރާގެ ސިވިލްސަރވިސް ސިސްޓަމްގެ ތެރޭގައި ވެސް ހުރި މައްސަލަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެސްޖީ ވަޖީހު ނަސީރުގެ މަސައްކަތް ލަސްކަމުގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި މަސައްކަތް އަވަސްކުރާތަން ވެސް ފެންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން