ފުލުހުން މީގެ ކުރިން އަތުލައިގަތް ބޮގަރު ހަންތަކެއް
ފުލުހުން މީގެ ކުރިން އަތުލައިގަތް ބޮގަރު ހަންތަކެއް
ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ލ.ގަމުން ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ލ.ގަމު، ތުނޑީ އަވަށުގެ ވިލެޖްގޭގައި ބޮގަރު ކައްކައި އޭގެ ވިޔަފާރިކުރާކަމަށާއި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި އެގެއިން 24.4 ގްރާމްގެ ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާއެއްޗެއް ފެނިފައިވާކަމަށާއި ބޮގަރުކަމަށް ޝައްކުކުރެވޭ ދެ ރުނބަޔާއި ފަސް ލީޓަރުގެ ފުޅިއަކާއި، ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ 42 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން