އަލްމަރުޙޫމް މުޙައްމަދު ޒާހިރަކީ އިސްލާޙީ ޙަރަކާތުގައި އަބަދުވެސް ބޮޑު ބައިވެރިއެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޒާހިރު ނިޔާވުމުގެ ހިތާމައިގައި ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މަރުޙޫމް ޒާހިރަކީ އިސްލާޙީ ޙަރަކާތް ފުރަތަމަ ފެށިގެންދިޔަ ހިސާބުން ފެށިގެންވެސް އެ މަސައްކަތުގައި ދެމިހުންނެވި އަބަދުވެސް އެމަސައްކަތުގެ ބޮޑު ބައިވެރިއެއް ކަމަށެވެ.
ރައީސް ނަޝީދު ވަނީ އަލްމަރުޙޫމް މުޙައްމަދު ޒާހިރަށް ސުވަރުގެ މިންވަރުކޮށް ދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރަށްވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.
ޒާހިރަކީ އެމްޑީޕީގެ އިސް ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާވަނީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަން ކުރަށްވާފައެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރަށްވާފައި ވެއެވެ.
ޒާހިރު ނިޔާވިއިރު އަނތްބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ނިޔާވިއިރު ޢުމުރަކީ 76 އަހަރެވެ.

Mohamed Zahir, (OK Zahir) akee islaahee harakaaiy furathama feshigen dhiyaisure abadhuves bodu baiverieh. Maaiy Allah marhoom ah suvaruge minvaru kuravvashi. Aameen pic.twitter.com/iVRbBXbcwy
— Mohamed Nasheed (@MohamedNasheed) August 17, 2024
ރައީސް ނަޝީދު ވަނީ އަލްމަރުޙޫމް މުޙައްމަދު ޒާހިރަށް ސުވަރުގެ މިންވަރުކޮށް ދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރަށްވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒާހިރު ނިޔާވީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.
ޒާހިރަކީ އެމްޑީޕީގެ އިސް ފައުންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާވަނީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަން ކުރަށްވާފައެވެ. އޭގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ކުރަށްވާފައި ވެއެވެ.
ޒާހިރު ނިޔާވިއިރު އަނތްބަކާއި ނުވަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ނިޔާވިއިރު ޢުމުރަކީ 76 އަހަރެވެ.
ކިޔުންތެރިންގެ ހިޔާލު