މާލޭގައި ވެމްކޯއިން ކުނިއަޅާ ސަރަހައްދެއްގައި އުޅުނު އާންމުންގެ މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ވެމްކޯ ކުނި އަޅާ ސަރަހައްދުގައި ހުރި ދިވެހި ފިރިހެނެއްގެ ބޯފަޅައިގެންގޮސް ލޭފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ އިއްޔެ އެ ސަރަހައްދުން ބައެއްތަކެތި ހޮވުމަށް ގޮސް އުޅުނު މީހެކެވެ. އަދި އެ މީހާއަށް އަނިޔާކޮށްފައިވަނީ ވެމްކޯއަށް ނިސްބަތްވާ މުވައްޒަފުންތަކެއްކަމަށް ވަނީ އަޑުފެތުރިފައެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނީ, ވެމްކޯ ސައިޓުގައި އަނިޔާ ލިބިފައިވާ މީހަކު ހުރި ކަމަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ ރިޕޯޓާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު