ހުޅުމާލޭގެ ސްޕާއެއްގައި އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ބިރުދައްކައި، ފައިސާ ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިގެން އެކަން ތަހުގީގު ކުރަމުން ދާކަމަށެވެ.

އަދި މިހާތަނަށް ހޯދުނު މައުލޫމާތުގެ އަލީގައި އެކަންކުރިކަމަށް ބެލެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަލީ ޝައްމާހު ވަހީދު ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް, މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން