މީހުން ދިރިނޫޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ އަދި ބާވެ ވެއްޓެން ކައިރިވެފައިވާ މ. ރަބީއުވިލާ ތަޅާޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އެ މަސައްކަތް ކުރާ ލޯކަލް ގަވަރނަންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރަބީއުވިލާގައި މީހުން ދިރިނޫޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އެ ޢިމާރާތް މިހާރު ހުރީ ބާވެ، ވެއްޓެން ގާތްވެފައިކަމުން އިމާރާތް ހުންނަ ގޯޅިގަނޑުން ހިނގާ މީހުންނަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުކަަމަށެވެ.
އެހެންކަމުން އެތަން ތަޅާލުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެތަނަކީ ފަޅަށް ހުންނަތަނެއްކަމުން މަސްތުވާތަކެތީގެ އައްޑާއެއްގެ ގޮތުގައި އެތަން ދިޔައީ ބޭނުންކުރަމުންނެވެ. އަދި ބައެއް މަރުގެ ހާދިސާތައް ވެސް އެތަނުގައި ހިނގާފައިވެއެވެ. އެގޮތުން ޑްރަގް އޯވަރޑޯޒްވެގެން މަރުވެފައިވާ މީހަކު އެގޭތެރެއިން ފެނިފައިވެއެވެ.
ރަބީއުވިލާގެއަކީ މީހުން ދިރިނޫޅޭ ގެއަކަށް ވެފައި ވަރަށް ކުރިން އިމާރާތް ކޮށްފައިވާ ގެއެއްކަމުން އެ ގެ ތަޅާލަން ބޭނުންވެފައި ގޭގެ ވެރިފަރާތުން ތިބި ނަމަވެސް އެކަމުގެ ގާބިލުކަން ނެތުމުން އެކަން ނުކުރެވި އޮތީކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކަން އެ އާއިލާއިން ރައީސަށް ދަންނަވާފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު