މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވުނު ނަރުސް އައިޖީއެމްއެޗުން ސަސްޕެންޑްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު އިއްޔެ ވިދާޅުވީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއް މަސްތުވާތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އޭނާ ހުރީ ހައްޔަރުކޮށްފައި ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

އޭގެ ފަހުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ތުހުމަތުކުރެވިފައި ވަނީ އަންހެން ނަރުހަކަށް ކަމަށެވެ.

އަދި އޭނާ މިހާރު ހުރީ ސަސްޕެންޑްކޮށްފައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ވެސް ނުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން