އަހުޒަމް އަޙްމަދު   19 އޯގަސްޓު 2024 - 10:45
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ސޮފޫރާ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ސޮފޫރާ ޑިފެންސަށް ބަދަލުކުރީ މީގެ ކުޑަދުވަސް ކޮޅެއް ކުރިން ނެވެ.

ނަމަވެސް އޭނާ ޑިފެންސަށް ބަދަލުކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އަދި ސޮފޫރާގެ ބަހެއްވެސް ނުލިބެ އެވެ.

ސޮފޫރާ އެންމެ ގިނަ ދުވަހު ހޭދަކުރައްވާފައި ވަނީ ތައުލީމީ ދާއިރާގަ އެވެ.

އޭނާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމަށް މިދިޔަ ޑިސެމްބަރު މަހު އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން