އެމްޑީޕީ ސަރުކާރުން ޕާޓީ ކުދިންނަށް ހިލޭ ގޯތިބަހާލީ މަގުމެދުންނާއި ގޭގޭގެ ގިފިލި ތެރެއިން ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލުގެ ބަހުސްގައި މެންބަރު އާޒިމް މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދު ފުރިހަމަ ކުރުމަށް އެޅިގެންދާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މިފަދަ ބިލެއް މަޖިލީހަށް ހުށައެޅުއްވުމަކީ ރައީސް މުޢިއްޒުގެ ދުރުވިސްނުން ހާމަކޮށްދޭ ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.
އަދި މިފަދަ ބިލެއް މީގެކުރިން މަޖިލީހަށް ހުށައަޅާފައި ނުވުމަކީ ހިތާމަ ކުރަށްވާ ކަމެއްކަމަށްވެސް މެންބަރު އާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން އާޒިމް ވަނީ ތަރައްޤީގެ ޕްލޭނެެއްނެތި ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ބައެއް ކަންކަމަށްވެސް ފާޑު ވިދާޅުވެފައެވެ.
އެގޮތުން އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި ބައެއް ގޯތިތައް މަގު މެދުންނާއި ގޭގޭގެ ގިފިލި ތެރެއިންނާއި ނަރުދަމާ ޖަންގޝަންތަކުގެ މަތިންވެސް ގޯތި ދީފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
“އެމްޑީޕީ ސަރުކާރުގެ ނޭއްގާނީކަމުން ޕާޓީ ކުދިންނަށް ގޯތި ބަހާލީ މަގުމެދުންނާއި ގޭގޭގެ ގިފިލި ތެރެއިންނާއި ނަރުދަމާ ޖަންގްޝަންގެ މަތިން އަތުޖެހުނުތަނަކުން.. ހުޅުމާލޭގެ ފަޅުންނާއި ކަނޑުމެދުންނާއި ފަރުތަކުންވެސް ގޯތި ބަހާލާފައި ފައިބައިގެންދިޔައީ..” ބިލު މަޖިލީހަށް ހުށައަޅުއްވަމުން އާޒިމް ވިދާޅުވިއެވެ.
ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ޤާނޫނުގައި ބުނެފައިވަނީ އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީޙުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމަށެވެ.
އޭގެ އިތުރުން އާބަން ސަރަހައްދުތަކުގެ އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކުރުމާއި ހުއްދަތައް ދޫކުރުމާއި ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އާބަން ޑިވެެލޮޕްްމަންޓް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު