ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް އެޕީލް ޓްރިބިއުނަލްގެ ހަތަރު މެންބަރަކު ވަކިކުރަން ރައީސްއަށް ލަފާދޭން މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ފިޔަވައި އެހެން ހުރިހާ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

އެގޮތުން ކޮމިޓީން ނިންމާފައިވަނީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލާއި މެމްބަރު އަހްމަދު އަޝްރަފާއި މެމްބަރު ހަދީޖާ ނައީމް މަޤާމުން ވަކިކުރުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

އަދި ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ވަކިނުކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމީ، އެތަނާ ގުޅޭ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނައީ އޭނާއަށް ވުމުން ކަމަށް ކޮމިޓީގައި މެންބަރުން ވަނީ ވިދާޅުވެފައެވެ.

ޖުޑިޝަރީ ކޮމިޓީން ވަނީ ޓްރިބިއުނަލްގެ ބައެއް މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި، އެ މެމްބަރުންގެ މައްޗަށް ކުރެވޭ ނުހައްގު މުއްސަނދިކަން ހޯދުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދުމަށްވެސް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން