ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި ފައިސާގެ ބޮޑުބައެއް އަދިވެސް ދައުލަތަށް އަނބުރާ ލިބިފައި ނުވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން ނެރުނު ހައުސިން މިނިޒްޓްރީގެ 2018 އިން 2023 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މަޝްރޫޢަށް އެޑްވާންސް ފައިސާގެ ގޮތުގައި 65.99 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން 59.22 މިލިއަން ރުފިޔާ ދައުލަތަށް އަދިވެސް ލިބިފައެއް ނުވެއެވެ. މިއީ އެޑްވާންސްގެ ގޮތުގައި ދޫކުރި ޖުމްލަ ފައިސާގެ 90 އިންސައްތައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ހައުސިން މަޝްރޫޢުގެ އެއްބަސްވުން ބާތިލުކުރަން ޖެހުނީ ކޮންޓްރެކްޓަރުގެ މަސައްކަތުގެ ފެންވަރު ދަށްވުމާއި، ޕަރފޯމަންސް ގެރެންޓީގެ މުއްދަތު އިތުރުކޮށްފައި ނުވާތީއެވެ. އަދި އެއްބަސްވުން ބާތިލުކުރިއިރު މުޅި މަޝްރޫޢުން ނިމިފައި ވަނީ އެންމެ 18.74 އިންސައްތަ މަސައްކަތް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
ހުއްޓިފައި އޮތް މި މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި މިއަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ. ނަމަވެސް، އެ މަޝްރޫޢުން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން މި ފައިސާ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، މިކަމުގައި އިހުމާލުވި ފަރާތްތައް ބަލައި ފިޔަވަޅު އެޅުމަށް އަންގާފައެވެ. އަދި މަސައްކަތް ފުރިހަމަ ނުކުރާ ކުންފުނިތަކާ މެދު ފިޔަވަޅު އެޅުމަށް ޕްރޮކިއުމަންޓް އެޕީލް ބޯޑަށް ހުށަހެޅުމަށާއި، މަޝްރޫޢުތައް ހަވާލުކުރުމުގެ ކުރިން ކުންފުނިތަކުގެ މާލީ އަދި ފަންނީ ގާބިލުކަން ކަށަވަރުކުރުމަށް ވެސް ލަފާދީފައިވެއެވެ.
މީގެ އިތުރުން ވެސް، އެ ވުޒާރާއިން ހަވާލުކުރި ބައެއް މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން އެއްބަސްވުންތައް ބާތިލުކޮށް، އެހެން ފަރާތްތަކާ ހަވާލުކުރުމުން ދައުލަތުން ބޮޑު ޚަރަދެއް އިތުރަށް ކުރަންޖެހިފައިވާކަން އޮޑިޓުން ވަނީ ހާމަވެފައެވެ. އެގޮތުން އޮޑިޓުގައި ބެލި 7 މަޝްރޫޢެއް އެހެން ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިތުރަށް 112.33 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު