ސާފުތާހިރުކަމެއް ނެތް ތަނެއްގައި ބިދޭސީން ފޯއް ތައްޔާރުކުރަމުން ދަނިކޮށް އިމިގްރޭޝަނުން އެކަން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާ ކުރި މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި ހާއްސަ ރެއިޑުގައި، މ. ރީތި އޯކިޑްގެ ބަލައި ފާސްކުރި ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ރެއިޑްކުރި ތަނަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނެއް ކަމަށެވެ. އަދި އެތަނުގެ، ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށާއި އެހެންވެ އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް މިހާރު ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެތަނުގައި ގަވާއިދާ ހިލާފަށް ފޯއް ތައްޔާރުކުރުުުމުގައި އުޅުނު ދެ ބިދޭސީން ހުއްޓުވާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން މި މަހުގެ ކުރީކޮޅު ވަނީ މާލޭގައި ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް ވެސް އަތުލައިގެންފަ އެވެ.

ގަވާއިދާޚިލާފަށް ވިޔަފާރިތަކުގައި ޝާމިލުވާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ހިންގި ރެއިޑްތަކުގެ އަދަދު މިއަދާ ހަމައަށް 200 އަށްވުރެ މައްޗަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން