މާލެއިން ފެށިގެން އައްޑޫއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ރާއްޖޭގެ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެެރެފައިވަނީ މިއަދު ހެނދުނު 06:15 އިން ފެށިގެން މެންދުރު 12 އަަށެވެ.

އެގޮތުން އެ ގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދާވެނެ ކަމަށްލަފާ ކުރެވޭކަމަށް ވެސް ބުނެފައި ވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރި އިރު ފާއިތުވި އިއްޔެ މޫސުން އޮތީ ރަނގަޅަށެވެ.

އެހެން ނަމަވެސް ނިމިގެން ދިޔަ ހަފްތާގައި މޫސުން ވަރަށް ބޮޑަށް ގޯސްވި އެވެ.

މިދިޔަ ހަފްތާގައި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެގެ އިތުރުން ބައެއް ރަށްރަށުގައި ފެންބޮޑުވެ ބައެއް ހިސާބުތަކަށް ރާޅު އަރާފައިވާކަންވެސް ފާހަގަ ކުރެވެއެވެ. ވައިގަދަވުމުގެ ސަބަބުން ފުރާޅުއެއްލާލުމުގެ ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ.

އެގޮތުން ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން މާލޭގެ 37 ގެއަކާއި 13 ރަށަކުން 77 ގެއަކަށް ގެއްލުން ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ރޭ ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން