މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އެހީގައި ބ. ކަމަދޫގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދޭން ނިންމައިފި އެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު "ރަސް"އަށް ވިދާޅުވީ އެކަން ހަމަޖެހުނީ މި މަހުގެ 15 އިގެ ފަހުން ކަމަށެވެ.

އަދި މިހާރު ކައުންސިލަށް ފޯމެއް ހުށަހެޅުމުން ސިޔާމް ހިންގަވާ "ސިޔާމް ކެއާ" މެދުވެރިކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ބޭސް ފަރުވާގެ އެހީ ދޭނެ ކަމަށް ޒަރީރު ވިދާޅުވި އެވެ.

ނަމަވެސް އަދި މިހާތަނަށް އެއްވެސް އެހީއެއް ދިންކަން އޭނާ ހާމައެއް ނުކުރެއެވެ.

ސިޔާމް ކުއްލިއަކަށް ކަމަދޫގެ ރައްޔިތުންނަށް އެހީ ދޭން ނިންމީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

ސިޔާމް ކަމަދޫގެ ރައްޔިތަކާ ކައިވެެނި ބައްލަވައިގެންނެވީތޯ "ރަސް"އިން ސުވާލުކުރުމުން ޒަރީރު ވިދާޅުވީ ސިޔާމްގެ ޒާތީ ކަންކަމާ ގުޅޭ ގޮތުން އެއްޗެއް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަދުރޭ

26-Aug-2024

އެދުމެއްނެތި ވެދުމެއް ނުކުރާނެ ސިޔާމު އެދިލައްވާ ކަންތައް ރާއްޖޭގެ ވަރައްގިނަ ޒުވާނުންނައް މިހާރުވަނީ އެނގިފާ



ޓްރެންޑިން