ނ. ކެނދިކުޅުދޫގައި ލަގްޒަރީ އިކޯ ފްރެންޑްލީ ހޮޓަލެއް އަޅަން ހަވާލުކޮށްފި އެވެ،

އެ މަސައްކަތް ހަވާލުކުރީ ސްޓާކެން ކޮންސަލްޓެންސީއާ އެވެ.

މިދިޔަ އާދިއްތަ ދުވަހު ކެނދިކުޅުދޫ ކައުންސިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިވެސްކިށްފަ އެވެ.

އެ އެއްބަސްވުމުގައި ސްޓާކެންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ސާމިހު މުހައްމަދެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފެވެ.

ކައުންސިލްގެ އިސް ބޭފުޅަކު "ރަސް"އަށް ވިދާޅުވީ ސްޓާކެންއަށް ދޫކޮށްފައި ވަނީ އެއް ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި އެތަން ދޫކުރީ 50 އަހަރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ 50 އެނދުގެ ހޮޓަލެއް އަޅާ ގޮތަށެވެ.

ނަމަވެސް އެތަން ދޫކުރި ކުލީގެ އަދަދެއް ހާމައެއް ނުކުރި އެވެ.

އޭނާ ވިދާޅުވީ ސްޓާކެންއާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ރަށުގެ ކުޅިތަކުގެ ބުރިޖުތައް މަރާމާތުކުރުން ފަދަ ސީއެސްއާރު ކަންކަމަށް އެ ކުންފުނިން ހަރަދުކުރާނެ ކަމަށެވެ.

ކެނދިކުޅުދޫއަކީ ރާއްޖޭގެ 10 ވަނަ އަށް އެންމެ ބޮޑު ރަށެވެ. އެ ރަށުގައި ހަތް ކުޅި އޮވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން