އަހުޒަމް އަޙްމަދު   20 އޯގަސްޓު 2024 - 12:21
މާލެ ސަރަހައްދުގެ މަގުތަކުގައި ދިމާވެފައިވާ ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގައި ވަގުތީ ޕާކިން ޒޯނެއް ގާއިމުކުރަން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ދެމެދުއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ވަގުތީ ޕާކިންގ ޒޯނެއް ގާއިމުކުރާނީ ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބާއްވާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ޕާކުކުރުމަށް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ވަގުތީ ޕާކިންގ ޒޯން ގާއިމުކުރާނެ ސީދާ ދުވަހެއް ނުބުނެ އެެވެ. ނަމަވެސް އެކަން އަވަސް މުސްތަގުބަލެއްގައި ކުރާނެ ކަމަށާއި އަދި އެކަމުގައި ސަރުކާރުގެ ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އެޗްޑީސީން މިހާރު ވަނީ 4000 އުޅަނދު ޕާކު ކުރެވޭވަރަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ހަދަން ވެސް ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން