ބުޅާމަސް އަޅައިގެން ކާބޯތަކެތި ވިއްކާކަމަށް ބުނާ މީހާ އަތުލައިގަތީ ސެލޫނަކުންކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހުސައިން ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް ރޭ އިއުލާންކުރި ނަމަވެސް އޭނާ ފަހުން އުޅުނީ ފިލައިގެން ނެވެ.

ނަމަވެސް މިއަދު އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނަކުން އޭނާ ވަނީ އަތުލައިގެންފަ އެވެ.

އިމިގްރޭޝަނުން އާންމުކުރި ފޮޓޯއިން އޭނާ ފެންނަނީ ސެލޫނެއްގެ ތެރޭގައި ތޮތްޕެއް އަޅައިގެން ހުއްޓަ އެވެ.

އެހެންވެ ބެލެވިފައިވާ ގޮތުގައި އޭނާ ސެލޫނަށް ދިޔައީ ބޯކޮށައި ނޫނީ ބޯ ބާލަން ކަމަށް ބެލެވެ އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އޭނާ އަތުލައިގަތީ ދިލްބަހާރު މަގުގައި ހުންނަ ސެލޫނެއްގެ ތެރެއިން ނެވެ.

އަރަފާތު ބުޅާ މަހުގައި ކާބޯތަކެތި ވިއްކާކަމަށް ބުނާ މައްސަލަ ފެންމަތިވީ ރާއްޖޭގައި ޖަނަވާރުގެ ހައްގުގައި މަސައްކަތްކުރާ ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ނެވެ.

އެ ޖަމިއްޔާއިން ބުނީ އަރަފާތަކީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާއި އަދި ބުޅާ މަރައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ހަދައިގެން ވިއްކާކަމުގެ ތުހުމަތު އޭނާއަށް ކުރެވޭކަމަށްވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން