ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު މެންދުރު 12:00 އިން އިރުއޮއްސި 18:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލުގައި މެޓުން ބުނީ މިގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވެ ވައިގަދަވުމުގެ ސަބަބުން އެތައް ގެއަކަށް ގެއްލުންވެފައިވާއިރު މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްކަން ފާހަގަ ކުރެވެއެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި މާލޭގެ 37 ގޭބިސީއަކަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ވަނީ ބުނެފައެއެ.

މާލޭގެ އިތުރުން މިވިއްސާރައިގައި 13 ރަށަކުން 77 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވެއެވެ. އަދި ވައިގަދަވުމުގެ ސަބަބުން ފުރާޅު އެއްލާލުމުގެ ހާދިސާތަކެއް ވެސް ހިނގިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން