ރައްޔިތުންނަށް ލިބެމުންދިޔަ އަސާސީ ޚިދުމަތްތަކެއް ކަނޑާލާ ވާހަކަ ދައްކާތީ ކަންބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިގު ވަނީ ކޮންމެ ޚިދުމަތަކީ ސަރުކާރުން ހިލޭ ދޭންޖެހޭ އެއްޗެއްކަމަށް ބައެއް ރައްޔިތުންނަށް ދެކެވިފައި އޮންނަކަމަށެވެ. އެގޮތުން ބޭސްފަަރުވާއާއި ފޮތްް ފަންސުރާއި އޭލެވެލް ފީއާއި މިފަދަ ކަންކަމަކީ މުޅިން ހިލޭ ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް ބައެއް ރައްޔިތުން ގަބޫލު ކުރާކަމަށް ވިދާޅުވިއެވެ.

ނަމަވެސް, ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން އެފަދަ ކޮންމެ ޚިދުމަތެއް ހިލޭ ދިނުމަކީ ދަތިކަމަކަށް ވާކަމަށް އޭނާ ވިދާޅުވިއެވެ.

ތޯރިގުގެ އެ ވާހަކަތަކާއި ގުޅިގެން މުޙައްމަދު ވަޙީދު މިއަދު ފޭސްބޫކްގައި ވިދާޅުވީ, ‏ފޮތްފަންސުރާ ހިލޭ ބޭސްފަރުވާ 2008 ގައި އުފެދުނު ރައީސް ނަޝީދުގެ ސަރުކާރުން ތައާރަފްކުރީ ޓެކްސް ނިޒާމަކުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ މަގެއް ކޮށާދެއްވާފައި ކަމަށެވެ.

ނަމަވެސް, އެއާ ޚިލާފަށް މި ސަރުކާރުން ވެރިކަމަށް އަންނަން ވީވައުދުތަކާ އެއްގޮތަށް ވެރިކަން ހިންގަން ނޭނގުމުން ފުރަތަމަވެސް ރައްޔިތުންނަށް ލިބިލިބި ހުރި އަސާސީ ޚިދުމަތްތައް ކަނޑާލާ ވާހަކަ ދައްކާތީ ކަންބޮޑުވާ ކަމަށް މުޙައްމަދު ވަޙީދު ވިދާޅުވިއެވެ.

އަދި އެގޮތަށް ކަނޑާނަމަ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން, ރައްޔިތުންގެ ފައިސާއިން ނަންގަވާ ބިޔަބޮޑެތި މުސާރައާ އިނާޔަތްތަކާ އިސްރާފުތައް ކަނޑާލަން ޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން