ބުޅާމަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްސަލަ ސީރިއަސްކޮށް ބަލާނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ބުޅާމަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކުރި ކަމުގެ ތުހުމަތުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެންދިޔައީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަގުމަތީގައި އުޅޭ ބުޅާ ހިފުމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ އެހީތެރިކަމާއެކު ހޯދައި، މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އިއްޔެ ހެނދުނު އަމިއްލަ ފަރާތަކުން މިނިސްޓްރީއާ ހިއްސާކުރި މަޢުލޫމާތަކާ ގުޅިގެން، ފުލުހުން ވެސް މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަމާބެހޭ އެންމެހައި މުއައްސަސާތައް ގުޅިގެން ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިފަދަ ކޮންމެ މައްސަލައެއްވެސް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާނެ ކަމުގެ ޔަގީން ކަން ވަނީ ދީފައެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:32 ހާއިރު، އެ މީހާ އަތުލައިގަތީ މާފަންނު ދިލްބަހާރު މަގުގައި ހުންނަ "އަހާނާ ހެއާ ސްޓައިލް" ކިޔާ ބޯކޮށައިދޭ ތަނެއްގައި ހުއްޓާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ބުޅާހާޖީ

26-Aug-2024

މަގުތަކާއި އާންމުތަންތަނާއި ކުޑަކުދިންގެ މަދަރުސާ، ޕާކުަފަދަ ތަންތަނުގައި ބުޅަލަށް ކާންއަޅައި ބުޅާއާލާކުރުން މަނާކޮށް އަދަބު ކަނޑައަޅައި އެކަންހުއްޓުވާބަލަ ފުރަތަމަ. އާންމު އުނދަގުލަކަށްވެއްޖެކަމެކޭ....



ޓްރެންޑިން