ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބޭއްވި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކޮށްފިއެެވެ.

ފޮރިން މިނިސްޓްރީން ބުނީ ޓެލެތޯނުގައި އެކި ފަރާތްތަކުން ހަދިޔާކުރި 19،309،468.02ރ. ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.



ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޕީއެސްއެމުން މިދިޔަ ޖުލައި 3، ގައި ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެެވެ.

"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ޖޫން 12، ގައި ކުރިއަށް ގެންދިޔަ ޓެލެތޯން ފަންޑަށް ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކާއި ސްކޫލުތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުންނާއި ވަކިވަކި ފަރުދުން ވެސް ވަނީ ފައިސާ ހަދިޔާކޮށްފައެެވެ. އޭގެ ތެރޭގައި ރައީސްގެ ދެކަނބަލުންނާއި ގިނަ ވަޒީރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޓެލެތޯނެއް ބާއްވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ނިންމީ ނަސްލު ނައްތާލުމަށް އިޒްރޭލުން ގާޒާގައި ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން