ރައީސް އާއި މިނިސްޓަރު ޝަހީމް މަރުކަޒުގައި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑަައިގަންނަވަނީ
ރައީސް އާއި މިނިސްޓަރު ޝަހީމް މަރުކަޒުގައި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑަައިގަންނަވަނީ
މާލޭގެ އިސްލާމީ މަރުކަޒާއި ބޮޑުތަކުރުފާނަށް ނިސްބަތްވާ ބޮޑު ބިޔަ މިސްކިތް ހުޅުވިތާ 40 އަހަރު ފުރުން ފާހަގަ ކުރަން ހާއްސަ ހަފުލާ އެއް ބާއްވަން އިސްލާމިިކް މިނިސްޓްރީން ނިންމައިފިއެވެ.

ބޮޑުތަކުރުފާނަށް ނިސްބަތްކޮށް ނަންދީފައިވާ އިސްލާމީ މަރުކަޒާއި ބޮޑު ބިޔަ މިސްކިތަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅު 1984 ވަނަ އަހަރު ހުޅުވި މިސްކިތެކެވެ. އިސްލާމީ ބައެއް ގައުމުތަކުން އެހީ ހޯދައިގެން ބިނާކުރި އެ އިމާރާތަށް މި އަހަރު 40 އަހަރު ވާނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި އަހަރު ނޮވެމްބަރު 11 އަށް އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރުވާނެ ކަމަށެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ހާއްސަ ހަފްލާއެއް ބާއްވަން ރައީސް ޑރ މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ ރީތި ބިނާ އަކީ ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތާއި އިސްލާމީ ދަންމަރު އެންމެ ވަރުގަދައަށް ފާޅުކޮށްދޭ ރަމްޒު ކަން ފާހަގަކުރެވެއެވެ. އެ މިސްކިތަކީ 4500 މީހުންގެ ޖާގައިގެ މިސްކިތެކެެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހިންގަނީ އެތަނުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން