ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އައިމަން އަލްސަޔާރީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ މާލީ ހާލަތުގެ އެންމެފަހުގެ މައުލޫމާތު ވަޒީރު ޒަމީރު ސައުދީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށް އަރުވާފައިވާ ކަމަށެވެ.



އަދި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއަރަމުން އަންނަ ގޮތާއި ގުޅޭގޮތުންނާއި، ރާއްޖޭގައި ހުރި އިންވެސްޓްމެންޓުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ވެސް ގަވަރުނަރަށް އަރުވާފައިވާ ކަމަށް ވުޒާރާއިން މައުލޫމާތުދެެެއެެވެ.

ވަޒީރު ޒަމީރު ސައުދީ އަށް ވަޑައިގެންނެވީ ސައުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އާލްސައުދުގެ ދައުވަތަކަށެވެ. ފަސް ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސައުދަށް ފޮނުއްވެވި ސިޓީއެއް ސައުދީގެ ފޮރިން މިނިސްޓަރަށް އަރުއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން