ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އާއެކު މަޝްވަރާތަކެއް ބާއްވަވައިފި އެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނީ އެ މަޝްވަރާތައްް ކުރިއަށް ދިޔައީ އިބްރާގެ ގެ މއ. ބޯގަންވިލާގައި ކަމަށެވެ.

އިއްޔެ ހަވީރު އިބްރާހީމް އިސްމާޢީލުގެ ގޭގައި އޮތް އެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމާއި، މުހައްމަދު ހާޝިމާއި، މުޙައްމަދު މާހިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އިބްރާއަކީ އާ ގާނޫނުއަސާސީ އެކުލަވާލީ ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އަދި ލާމަރުކަޒީ ނިޒާމު އެންމެ ފުރަތަމަ އެކުލަވައިލުމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ.

އިބްރާއަކީ މިހާރުވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ ލީޑާޝިޕަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އިރު އިބްރާއަކީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އާއިލީ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން