އިއްޔެ މެންދުރު ފަހާއި ރޭ ކުޅުދުއްފުށި ސިޓީއަށްކުރި ވިއްސާރައިގައި އެ ސިޓީގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުން ވެއްޖެ އެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ ކުޅުދުއްފުއްޓަށް ކަމަށެވެ.

އެގޮތުން އެ ސިޓީގެ 57 ގެއަކަށް ފެންވަދެ ތިން ގެއަކުން މީހުން ބަދަލުކުރި ކަމަށް އެންޑީއެމްއޭ އިން ބުނެފައި ވެއެވެ.

ކުޅުދުއްފުއްޓަށް އިއްޔެ މެންދުރު ތިނެއް ޖެހިއިރު ވެހެން ފެށި ވާރޭ މެދުނުކެނޑި ރޭ ވެސް ވެހުމާއި ގުޅިގެން ރަށުގެ ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގަ އެވެ.

އޭގެ އިތުރުން ހއ. ހޯރަފުށީގެ ދެ ގެއަކަށާއި ށ. ފީވަކުގެ 5 ގެއެއްގެ އިތުރުން ށ. ނޫމަރާގެ ފަސްގެއަކަށްވެސް ރޭ ފެން ވަން ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

ރޭ ދަންވަރު އެކަކުން ފެށިގެން ފަތިހު ހަޔަަކަށް ވެސް މޫސުމާ ބެހޭ އިދާރާއިން އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.

މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގައި ވެސް މާލެއާއި ބައެއް ރަށްރަށަށް ވަރަށް ބޮޑަށް ފެންބޮޑުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން