ސްކޫލަށް ވަދެ ބަރަހަނާވެގެން ކުރިން ހައްޔަރުކުރި މީހަކު މިސްކިތެއްގެ ތެރޭގައި ވެސް ބަރަހަނާވެގެން ހައްޔަރުކޮށްފި އެވެ.

ކްރިމިނިލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާ ސްކޫލަކަށް ވަދެ ޖިންސީ ގުނަވަން ދެއްކީ މިދިޔަ ޖޫން މަހު އެވެ. އަދި މި ފަހަރު އޭނާ ހައްޔަރުކުރީ އައިޖީއެމްއެޗުގެ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކައިގެން ނެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައި ވެއެވެ. އެހެން ނަމަވެސް އޭނާ ވަކީލަކު ބޭނުންނުވާ ކަމަށާއި އިތުރު ވާހަކައެއް ބޭނުންނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންވެ އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން