ޕޮލިޓެކްނިކުން ކޮންސްޓްރަކްޝަން ދާއިރާއަށް އަމާޒުކޮށް މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ.

އެ މަހާސިންތާ ބޭއްވުމަށް ކޮންސްޓްރަކްޝަން ދާއިރާގެ އިސްބޭފުޅުންނާއެކި އިއްޔެ ޕޮލިޓެކްނިކްއިން ވަނީ ބައްދަލުވުމެއްވެސް ބާއްވައިފައެވެ.

އެ ބައްދަލުވުމުމުގައި ޕޮލިޓެކްނިކްގެ ސީއީއޯ، ޒޫޝާން ކަމާލުއްދިންގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ފަރާތުން އެ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަތީ ތައުލީމާބެގޭ ވުޒާރާއިން ބުނީ އެ މަހާސިންތާ ބާއްވަން މަސައްކަތް ކުރަމުން ގެންދަނީ ސެންޓްރަލް އިންޖީނިއަރިންގ ކޮންސަލްޓެންސީ ބިއުރޯ އޮފް ސްރީ ލަންކާއާއި ޕޮލިޓެކްނިކާ ގުޅިގެން ކަމަށެވެ.

އެ މަހާސިންތާގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި އެ ދާއިރާއާއި ގުޅޭ އިތުރު މުހިއްމު މަޢުލުމާތު ޒުވާނުންނަށް ފޯރުކޮއްދިނުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން