އިންޑިއާގެ ޑޮކްޓަރަކު ރޭޕްކުރި މައްސަލައިގައި ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން ވެސް ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިންޑިއާގެ އަންހެން ޓްރެއިނީ ޑޮކްޓަރު މޫމިތާ ދެބުނާތު ރޭޕްކޮށް މަރާލައިފައި އޮއްވާ ފެނުނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މިމައްސަލަގައި އޭނާއަށް އިންސާފު ހޯދުމަށް ގޮވާލާ އެގައުމުގެ ޑޮކްޓަރުންނާ ސިއްހީ ހިދުމަތްތެރިން މި މަހުގެ 13 ވަނަ ދުވަހު ފެށި ހަޅުތާލުތައް މިހާރު ވަނީ އިތުރަށް ފުޅާކޮށްފަ އެވެ.

މިއަދު ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ ރޭޕްގެ ހާދިސާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ރައްކާތެރިކަން މިހާރުން މިހާރަށް ބޭނުންވާކަން ރޭޕްގެ އެ ހާދިސާއިންވެސް އެނގޭ ކަމަށެވެ.

އެެހެންވެ އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އިދާރާތަކުން ވަގުތުން ފިޔަވަޅުއަޅަން ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން ވަނީ ގޮވާލައިފަ އެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން