ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ޝަމީމަށް މަގުމަތިން ބަޔަކު ހަމަލާދީ ޒަހަމްކޮށްލީ މަރުތޭލަކުން ނެވެ. އެ ހަމަލާގައި އޭނާގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ. ނަމަވެސް މާބޮޑު އަނިޔާއެއް ނުލިބެ އެެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ހަތް މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި މިމަހުގެ 18 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި ފޮޓޯއާއެކު މީހުންގެ ވަނަވަރުވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެމީހުންނަކީ:

1- ޝަމާލް ހުސައިން ؛ މުސްތަރީގެ، ތ. ގާދިއްފުށި

2- ޒަޔާން ނަސީރު ؛ ކެމީހިޔާ، އދ. މާމިގިލި

3- އަބާން އަބްދުލްހަންނާން ؛ ރުވާ، ތ. ދިޔަމިގިލި

4- ރަޖުވާން ލަތީފް ؛ މުރިނގި، ލ. މާމެންދޫ

5- މިދުހަތު އާދަމް ؛ ރިވެލި، ރ. އަލިފުށި

6- މުހައްމަދު ޖަޒްލާން ؛ ތުނޑި، ޖަވާހިރުވިލާ، ލ. ގަން

7- އަހްމަދު މައިސާން ހާޝިމް ؛ ދަފްތަރު ނަންބަރު 2247، ކ. މާލެ.

ޝަމީމަށް ޙަމަލާދިން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފޮނުވާފައިވާއިރު އޭނާ އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށަހަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން