2026 ގައި ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ސާފިން އަންހެން ޑިވިޝަންގެ ޖާގަ ރާއްޖެ އިން ކަށަވަރު ކޮށްފިއެވެ.
ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގެ ވިމެން އޯޕަން ބައިގެ ތިންވަނަ ބުރުގެ ހީޓު އެކެއްގައި ރާއްޖޭގެ މަރިޔަމް ރާހިލް ނަސީމް (އާޔާ) ވާދަކޮށް، ހީޓުގެ ތިންވަނަ ހޯދުމާއެކު މި ފުރުސަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މި ހީޓުގައި އާޔާ ވަނީ 4.2 ސްކޯއެއް ކޮށްފައެވެ.
އޭޝިއަން ގޭމްސްއިން ދެކުނު އޭޝިއާ ސަރަހައްދުގެ ޖާގަ ރާއްޖެއަށް ލިބުނުއިރު، ތިންވަނަ ބުރުގައި ދެކުނު އޭޝިއާ ސަރަހައްދުން ވާދަކޮށްފައިވަނީ އާޔާގެ އިތުރުން ސްރީ ލަންކާގެ އެތުލީޓަކާއި އިންޑިއާގެ އެތުލީޓެކެވެ. އެ ދެ އެތުލީޓުންވެސް ދިޔައީ ވާދަކުރި ހީޓުތަކުގެ ފުލަށެވެ.
ރާއްޖެއިން ހޯދި މި ނަތީޖާއާއެކު އޭޝިއަން ގޭމްސްގެ އަންހެން ސާފިން އިވެންޓުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވާއިރު، ގޭމްސްގައި ވާދަކުރާނެ އެތުލީޓެއް ކަނޑައަޅާނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިންނެވެ.
މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ އަންހެން ބައިގައި އާޔާގެ އިތުރުން ވާދަކޮށްފައިވަނީ ރާއްޖޭގެ ޝާޒިޔާ ސައީދެވެ. މިއަދު ކުރިއަށްދިޔަ ރިކޮލިފިކޭޝަން (ރެޕޯ) ހީޓު ނުވަތަ ދެވަނަ ބުރުގެ ހީޓު ތިނެއްގައި ޝާޒިޔާ ވާދަކުރިއިރު، އޭނާ ދިޔައީ ހީޓުގެ ތިންވަނައަށެވެ. މި ހީޓުގައި ޝާޒިޔާއަށް ސްކޯ ކުރެވުނީ 1.27 އެވެ.

ކިޔުންތެރިންގެ ހިޔާލު