އެމެރިކާގެ ނިއުކްލިއާ ސްޓްރެޓެޖިކް ރިޕޯޓާ މެދު ޗައިނާއިން ވަރަށް ކަންބޮޑުވާކަން އެގައުމުން ހާމަކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެގައުމުގެ ނިއުކްލިއާ ހަތިޔާރު ހަލުވިކަމާއެކު ފުޅާކުރުމުގެ ޕްލޭނަށް 'ފޯކަސް' ކުރުމަށް އެމެރިކާއިން ނިއުކްލިއާ ސްޓްރެޓެޖިކް ޕްލޭނެއް ފާސްކުރި ކަމަށް ބުނާ ރިޕޯޓާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
ނިއުޔޯކް ޓައިމްސް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޗައިނާގެ ހަތިޔާރުތަކާ ގުޅިގެން އެއަށް އަމާޒުކޮށްގެން ވަރަށް ކްލަސިފައިޑް ނިއުކްލިއާ ސްޓްރެޓެޖިކް ޕްލޭނެއް މާރިޗް މަހު ފާސްކޮށްފަ އެވެ.
އެމެރިކާއިން ދަނީ ޗައިނާ، ރަޝިޔާ އަދި އުތުރު ކޮރެއާ އިން އެއްބައިވެގެން ކުރިމަތިކޮށްފާނޭ ނިއުކްލިއާ ގޮންޖެހުންތަކަށް ތައްޔާރު ވަމުންނެވެ. މި ތިން ގައުމަކީވެސް ވަރަށް ގުޅިގެން މަސައްކަތް ކުރާ އަދި ހުރިހާ ގޮތަކުންވެސް ކުރިއަރާފައިވާ ތިން ގައުމަށް ވާއިރު އެންމެ ބޮޑަށް އެމެރިކާ ބިރުގަންނަނީ މި ގައުމުތަކަކީ އެމެރިކާ އާ އެންމެ އަދާވާތްތެރި ގައުމުތަކަށް ވާތީއެވެ.
ވައިޓް ހައުސް އިން އަންގާރަ ދުވަހު ބުނެފައިވަނީ ބައިޑަން މިއަހަރު ފާސްކުރި ކްލަސިފައިޑް ނިއުކްލިއާ ސްޓްރެޓެޖިކް ޕްލޭނަކީ އެންމެ ގައުމަކަށް ނުވަތަ ނުރައްކަލަކަށް ދޭ ޖަވާބެއް ނޫން ކަމަށެވެ.
އެމެރިކާއިން ދަނީ ޗައިނާގެ ނިއުކްލިއާ ހަތިޔާރު ފުޅާވެ ކުރިއަރަމުން އަންނަ ކަމަށް ތަކުރާރުކޮށް އިޝާރާތް ކުރަމުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ޕެންޓަގަން އިން ނެރުނު އަހަރީ ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާގެ އާސަނަލްގައި 500 އަށް ވުރެ ގިނަ އޮޕަރޭޝަނަލް ނިއުކްލިއާ ވޯހެޑް ހުރި ކަމަށާއި 2030 ވަނަ އަހަރުގެ ނިޔަލަށް 1،000 އަށް ވުރެ ގިނަ ވޯހެޑް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު