އަހުޒަމް އަޙްމަދު   22 އޯގަސްޓު 2024 - 9:32
ތިލަފުށީގެ ގުދަނެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާއާ ގުޅިގެން ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގައި ދިިވެއްސަކަށް ދުމުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

ސޯޝަލް މީޑިއާގައި ދައުުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުން އަލިފާން ވަނީ ވަރަށް ބޮޑަށް ހިފައިފަ އެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެެއްކޮށް އަދިވެސް ނިއްވާ ނުލެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން