ށ. ކަނޑިތީމުގައި ސިހުރު ހަދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެ ރަށުގައި ސިހުރު ހަދާ ކަމުގެ މައްސަލަތަކެއް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ.

އެހެންވެ އެ އޮޕަރޭޝަންގައި ކޯުޓު އަމުރުގެ ދަށުން ބައެއް ގޭގެ އިއްޔެ ބަލާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަންގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން