މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ދިނުން ހަނިކުރެވޭ ގޮތަށް އޮންނަ ގަވާއިދުތައް އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލި އަންހެނަކު ޑިސްކޮލިފައިކޮށްލި މައްސަލައެއް މިހާރު ފެންމަތިވެފައިވާއިރު އެ އަންހެން މީހާ ޑިސްކޮލިފައިކުރަން އެންގީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންް ނެވެ.

އަދި އެ އިދާރާއިން އެކަމާ ގުޅޭ ގޮތުން ފޮނުވި އީމެއިލްވެސް މިހާރު ސޯޝަލް މީޑިއާގައި ވަކީ ލީކުވެފަ އެވެ.

އެ މައްސަލަ ހޫނުވެފައި އޮއްވާ ރައީސް މުއިއްޒު މިއަދު އެކްސްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ، އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.



"އެކަން (އެފަދަ ގަވާއިދު ތަކާއި އުސޫލުތައް ބަދަލު ކުރުމަށް) ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ!" ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން