މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަހުރޫމްވާން ޖެހޭނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވީ ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލި އަންހެނަކު މޫނު ބުރުގާ އަޅާފައި ހުރުމުން ޑިސްކޮލިފައިކޮށްލި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

އެ އަންހެން މީހާ ޑިސްކޮލިފައިކޮށްލީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގައިގެންކަން ވެސް ސޯޝަލް މީޑިއާގައި ލީކުވި ސްކްރީން ޝޮޓްތަކުން ވަނީ ހާމަވެފަ އެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އެކަމާ ދެކޮޅަށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ދިނުން ހަނިކުރެވޭ ގޮތަށް އޮންނަ ގަވައިދުތައް އުވާލަންވެސް ވަނީ އަންގަވައިފަ އެވެ.

އޭގެ ފަހުން އިސްލާމިކް މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަޙުޒީބީ މުޖުތަމައެއް ބިނާ ކުރެވޭނީ އެންމެންގެ ހައްގުތައް ދީގެންކަމަށާއި ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅުއްވާފައި ތިއްބަވާކަމަށެވެ.

އަދި މޫނު ބުރުގާ އަޅާ ފަރާތްތަކުގެ ވަޒީފާގެ ހައްގު ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރުކޮށްދެއްވަން ޖެހޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން