ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ 2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވި ސްޕީޗަށް ސައިރިކްސް ކޮލެޖުގެ ވެރިޔާ އަޙްމަދު ޝަރީފް، (ސައިރިކްސް ޝަރީފު) ތައުރީފް ކުރައްވައިފި އެވެ.

އަބްދުއްރަހީމް ޗައިނާގައި ސްޕީޗް އިނގިރޭސިބަހުން ދެއްވި ނަމަވެސް ސްޕީޗް ލިޔެފައި އޮތް ނޯޓުގައި ލިޔެފައި އޮތީ ތާނައިން ކަމަށާއި މިއީ އިނގިރޭސި ކިޔަން އަބްދުއް ރަހީމަށް ނޭނގޭތީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ނެވެ. އަދި އެ ނޯޓުގެ ފޮޓޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯއެއް ވެސް ދަނީ ދައުރުވަމުން ނެވެ.

އެހެން ނަމަވެސް ތާނައިން ސްޕީޗް ލިޔެފައި އޮތް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް މަޖިލީހުން ވަނީ ދޮގުކޮށްފަ އެވެ. މަޖިލީހުން ބުނީ ސްޕީޗް ލިޔެފައި އޮތީ އިނގިރޭސިބަހުން ކަމަށެވެ.

އެކަމާ ގުޅިގެން ސައިރިކްސް ޝަރީފް އެކްސްގައި ވިދާޅުވީ ކޮންމެ ބަހަކުން ލިޔެފައި އޮތަސް މަޖިލިހުގެ ރައީސް ދެއްވި ސްޕީޗު ވިދާޅުވެފައިވަނީ އިނގިރޭސިބަހުން ވަރަށް ފުރިހަމައަށް ކަަމަށެވެ.

"އަދި ބަސްތައް ބޭނުން ކުރުމުގައި، ބެލެންސް ހިފެހެއްޓުމުގައި، މޫނު މަތީގެ ހަރަކާތުންވެސް އެނގޭ ތަޖުރިބާގެ އަލީގައި ދެއްވި ސްޕީޗުގެ ފުރިހަމަކަން، މަރުހަބާ!" ސައިރިކްސްޝަރީފް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން