ބުޅާމަސް އަޅައިގެން ކާބޯތަކެތި ވިއްކާކަމަށް ތުހުމަތުކުރެވިފައިވާ މީހާ އެކަން ކުރާ ކަމުގެ ހެއްކެއް އަދި ލިބިފައި ނެތް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓުތަކާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހުސައިން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

އޭގެ ފަހުން އޭނާ ހުރީ އިމިގްރޭޝަންގެ ބަލުމުގެ ދަށުގަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ މައްސަަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށެވެ.

އެހެން ނަމަވެސް އަދި ކުރެވިފައިވައިވާ ތުހުމަތުތަކަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތަށް ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައެއް ނެތް. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން. ވަރަށް ކައިރިން މަސައްކަތްކުރަމުން މިދަނީ އެކަމާ ގުޅޭ އިދާރާތަކާ އެކީގައި. އެ ތަހުގީގުގެ އަލީގައި އެނގޭނެ މިއީ ކިހާ ފުންމިނަކަށް ގޮސްފައި އޮތް ކަމެއްކަން،" މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހަސަނު

26-Aug-2024

ބުޅަލަކައް ނޭނގޭނެ ބުޅާމަސްކެވުނަސް



ޓްރެންޑިން