ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން އަނެއްކާވެސް ހެދިކާ ހަދާ ތަނެއް ރެއިޑްކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން

ފުލުހުންނާ ގުޅިގެން މިދިއަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑުގައި މ. ތްރީ މޫން ބަލައި ފާސްކުރި ކަމަށެވެ.

އަދި އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.

ބިދޭސީން އެ ތަނުގައި ތައްޔާރުކުރަމުންދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނެ އެވެ.

ފުލުހުން އާންމުކުރި ފޮޓޯތަކުން އެތަނަކީ މުޑުދާރުތަނެއްކަން އެނގެ އެވެ.

އެގޮތުން ހެދިކާތަކެއްގެ މަތީގައި މުންޑެއް އަޅާފައި އޮތަތަންވެސް ފެނެއެވެ.



މިދިޔަ އާދިއްތަ ދުވަހު އިމިގްރޭޝަނުން ވަނީ މުޑުދާރުކޮށް ވިޔަފާރިއަށް ފޯއް ތައްޔާރުކުރާ ތަނެއްވެސް ރެއިޑްކޮށް ބިދޭސީންތަކެއް އަތުލައިގެންފަ އެވެ.

އަދި އިމިގްރޭޝަނުން މި މަހުގެ ކުރީކޮޅު ވަނީ މާލޭގައި ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ މުޑުދާރު ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް ވެސް އަތުލައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން