ޓާސްކްފޯހުން ހުއްޓުވާ ތަންތަން އަލުން ހުޅުވޭނީ ޚާއްސަ ހުއްދައެއް ލިބިގެން ކަމަށް ރަޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ރަޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އެކުލަވާލާފައިވާ ޓާސްކް ފޯހުގެ މަސައްކަތުގެ ތެރެއިން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން ވިޔަފާރި ހުއްޓުވުމަށް ނިންމާ ތަންތަން އަލުން ރަޖިސްޓްރީކޮށްގެން ޤާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރުމަށް ފުރުސަތުދެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

”އަޅުގަނޑުމެން ބަލާފާސްކުރުމުގެ މަރުހަލާގެ ތެރޭގަ އެންމެ ބޮޑު އިސްކަމެއް ދޭނީ ރަޖިސްޓްރީ ކޮށްފަ ހުރި ވިޔަފާރިތަކެއްތޯ ނޯންތޯ ބެލުން. ވިޔަފާރި ހަރަކާތް ރަޖިސްޓްރީ ކޮށްފައި ހުރިތޯ ނޫންތޯ ބެލުން. އަދި ހަމަ އެއާއެކު އެހެން ގާނޫނަކުން ނުވަތަ ގަވާއިދެއްގެ ދަށުން އެކުލަވާލާފައިވާ ގާނޫނެއްގެ ދަށުން އެއްވެސް ހުއްދައެއް ނުވަތަ އެއްވެސް ލައިސެންސެއް ނަގައި ވިޔަފާރި ކުރާ ތަނެއްތޯ ބެލުން.“ ވިސާމް ވިދާޅުވިއެވެ.

އެއްވެސް ހުއްދައެއް ނެތި ނުވަތަ ލައިސެންސެއް ނެތި ކުރަމުންދާ ވިޔަފާރިއެއް ނަމަ ވަގުތުން ފިޔަވަޅު އެޅޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ދިވެއްސެއްގެ ނަމުގައި ބިދޭސީއަކު މާލީ މަންފާ ހޯދަން ވިޔަފާރި ކުރުމަކީ މަނާ ކަމަކަށް ވާއިރު އެފަދަ ކަމެއް ކުރާކަން އެނގޭނަމަ އެކަންވެސް ޓާސްކް ފޯހުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ވިސާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން