ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައި ވަކި ކުރުމުގެ ކަންކަމުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަނީ ޝަމީމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.
އަދި އެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ވަނީ ޝަމީމް ހާޒިރުކޮށްފައެވެ. ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމަށްފަހު އެ ކޮމެޓީން އެންމެފަހުން ނިންމީ އޭނާގެ އިތުބާރު ނެތްކަމަށެވެ.
ޝަމީމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިރޭ ރައްޔިތުންްގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު