ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާ ދެއްވާފައިވަނިކޮށް އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައި އެކަން ހާމަކުރައްވާފައެވެ. އެހެން ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ ވޯޓާ ހަމައަށް ދިޔައިރު އެ ސިޓީ ރައީސް އޮފީހަށް އަދި މަޖިލީހަށް ވެސް ލިބިފައި ނެތް ކަމަށެވެ.

ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓުންނެެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އިންނެވީ އެންމެ މެންބަރެކެެވެ.

ޕީޖީ ހުސައިން ޝަމީމް ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވާފައި، އެ ކަންކަމަށް އޭނާ ދެއްވަން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރު ކުރުމަކީ، އަދުލު އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަމަށް ވިދާޅުވެފައެެވެ.

"މި ކަންކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން، ގާނޫނުއަސާސީގެ 226 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން،" ޝަމީމްގެ އިސްތިއުފާ ސިޓީގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން