ރައްޔިތުންގެ މަޖިލިސް މެމްބަރުން މިދައުރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ހިގައްޖެއެެވެ.

މިރެއިން ފެށިގެން މަޖިލީސް މެންބަރުންގެ ޗުއްޓީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެ އެވެ.

މިރޭ ބޭއްވި މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މި ދައުރު ގައި 33 ޖަލްސާ ބާއްވާފައިވާ ކަމަށާއި ޖަލްސާތަކުގައި 75 ގަޑިއިރު ހޭދަވި ކަމަށެވެ. އަދި ކޮމެޓީ ބައްދަލްވުންތަކުގެ ތެރެެއިން 233 ބައްދަލުވުން ބޭއްވިއިރު ކޮމެޓީ މަސައްކަތުގައި މެންބަރުން 190 ގަޑިއިރާއި 29 މިނެޓް ހޭދަކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނާއިބް ރައީސް މިރޭ ވިދާޅުވީ މެންބަރުން މިރޭ ޗުއްޓީ ފަށަނީ މި ދައުރަށް ހުށައެޅުނު މަސައްކަތްތަކުގެ ތެރެއިން 82.9 ޕަސެންޓް މަސައްކަތް ނިންމުމަށް ފަހު ކަމަށެވެ. އަދި މަޖިލީހުގައި މި ނިމުނު ދައުރުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ އާ ދައުރު ފެށޭނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން