ކުރީގެ ރައީސް ޔާމީންގެ އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ޖަލަށް ލި ނަމަވެސް މިހާރު ދެން އެއީ ނިމިފައި އޮތް ބާބެއް ކަމަށާއި މިހާރު އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ދިރިއުޅުމުގައި އެކަހަލަ ކަންކަން ހިތު އަޅައިގެން ނޫޅެވޭނެ ކަމަށެވެ. އަދި އެކަހަލަ ބާބުތައް ލައްޕާލަން ޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އަދި ދެވަނަ ފަހަރަށް ހުޅުވަން ކިޔަން ޖެހޭ ފޮތެއް ޤުރުއާން ފިޔަވައި ނެތް ކަމަށް ވެސް އޭނާ ވިދާޅިުވި އެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޔާމީނުގެ ބާބަކީ އަޅުގަނޑުގެ ހަޔާތުގައި ނިމިފައި އޮތް ބާބެއް. އެހެންވީމާ އަޅުގަނޑުގެ ހިތުގައި ނަފުރަތެއް ނެތް. ދެކޮޅުވެރިކަމެއް ވެސް ނެތް. އެހެން ނަމަވެސް އަޅުގަނޑުގެ ހަނދާނުގައި ހުންނާނެ އެ ކަންތައްތައް، ހަނދާނަކުން ނުދާނެ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މާޒީގައި ދިމާވާ ކަންކަމުން ތަޖުރިބާ ހާސިލުނުކުރާ މީހުންނަކީ ބުއްދިވެރިން ނޫން ކަމަށެވެ.

ރައީސް ޔާމީން ކުރިން އުފެއްދެވި ޕީޕަލްސް އެލަޔަންސްވެސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ނާޒިމް އަކީ ކުރިން ރައީސް ޔާމީންއާ ވަރަށް ގާތް ބޭފުޅެކެވެ.

އެހެން ނަމަވެސް އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކޮރަޕްޝަން ހިންގި މައްސަލައެއްގައި ނާޒިމް 25 އަހަރަށް ޖަލަށް ލާން ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު 2015ގަ އެވެ. އަދި އެކަމުގައި ރައީސް ޔާމީންގެ ނުފޫޒު އޮތް ކަމަށް ވެސް ނާޒިމް ތުހުމަތު ކުރައްވަ އެވެ. ނަޒިމަށް ހުކުމް ކުރިތާ މާގިބަ ދުވަސް ތަކެއް ނުވެ އޭނާ ގައުމުން ބޭރަށް ވަޑައިގެންނެވި ގޮތަށް ދެން އެނބުރި ވަޑައެއް ނުގަންނަވައެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމި 2018 ވަނަ އަހަރު ވަނީ ނާޒިމަށް ކުރި ހުކުމް ބާތިލުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސައްލޭ

26-Aug-2024

ހަދާނުގައި އޮންނަނަމަ ނަފްރަތު އޮތީ. މާފު ކުރުމަށް ޔާމީނުއާ ބައްދަލު ކުރޭ.



ޓްރެންޑިން