އިސްލާމީ މަރުކަޒުގައި މިއަދު އަރަބި ބަހުން ދެއްވި ހުތުބާގެ ދިވެހި ތަރުޖަމާ، އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ކިޔަން ނިންމައިފި އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އިއްވި ޙުތުބާގައި ހާއްސަ ކޮށްފައި ވަނީ "ދީނަށް ޓަކައި ހިދުމަތްކުރުން" މި މައުޟޫއަށެެވެ. އެގޮތުން މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކޮށް، ޚުތުބާ ދެއްވާފައި ވަނީ ސައޫދީ އަރަބިއްޔާގެ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރ ޑރ. ޙަމްދާން އައްސުލަމީ އެެވެ.

ޢަރަބި ބަހުން އޭނާ އިސްލާމީ މަރުކަޒުގައި ދެއްވާފައިވަނީ ވަރަށް އިލްމީ ޚުތުބާއެކެެވެ. މުޅި ރާއްޖެއަށް ވަގުތުން ދައްކަމުން ގެންދިޔަ ޕްރޮފެސަރ ޑރ. ޙަމްދާން އައްސުލަމީ ޚުތުބާގެ ދިވެހި ތަރުޖަމާ ޓީވީ ސްކްރީނުން އަރުވަމުން ގެންދިޔައެެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދު އިސްލާމީ މަރުކަޒުގައި އަރަބި ބަހުން އިއްވި ޚުޠުބާ އަންނަ ހުކުރުގައި މުޅި ރާއްޖޭގައި ދިވެހި ބަހުން ކިޔަން ނިންމާފައިވާ ކަމަށެވެ.

ޚުތުބާގެ ދިވެހި ތަރުޖަމާ ޕްރިންޓްކޮށް ހުކުރުގެ ޖަމާއަތަށް ދިޔަ މީހުންނަށް ވަނީ ބަހާފަ އެވެ. ފަހަކަށް އައިސް ޚުތުބާތައް ހާއްސަ ކޮށްފައިވަނީ ދިވެހިންނަށް މުހިންމު ރާއްޖޭގައި ހުރި އިޖްތިމާޢީ މައްސަލަތަކުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ރަޝީދު

26-Aug-2024

ވަރައްރަނގަޅުކަމެއް!



ޓްރެންޑިން