ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ދެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ އަސްލެއް ނެތް ރިޕޯޓެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި، އެމަނިކުފާނު ހައްޔަރުކުރަން ފެބްރުއަރީ 7، 2016، ގައި ނެރުނު ކޯޓު އަމުރާ ގުޅިގެން ފުލުހުން ތައްޔާރުކުރި ކަމަށް ބުނާ ތަހުގީގީ ރިޕޯޓެއް ޝޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ.

ފުލުހުންގެ މިރޭ ބުނީ، ރައީސާއި އަބްދުއްރަހީމަށް ތުހުމަތުތަކެއް އަމާޒުވާ ގޮތަށް އޮތް ފުލުހުންގެ ތަހުގީގު ބަޔާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާ ގުޅުވައި، ވަޒީރުންގެ މަޖިލީހާއި ރައީސް އޮފީހުގެ ސިއްރު ބައްދަލުވުންތަކުގެ އިތުރުން ޕީޕީއެމް އޮފީހުގައި ދެކެވޭ ސިއްރު ވާހަކަތައް އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒާ ހިއްސާކުރެއްވި ކަމަށެވެ. އަދި އަދީބު، ރައީސް މުއިއްޒަށް 14 މިލިއަން ރުފިޔާ ދެއްވި ކަަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މަޖިލީހުގެ ރައީސް އަބުދުއްރަހީމާއި ގުޅޭގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް އަދީބު އެމަނިކުފާނަށް ހަތަރު މިލިއަން ރުފިޔާ ދިން ކަމަށެވެ. އަދި، ރޭވުމާ އެއްގޮތަށް ޔާމީނު ހައްޔަރުކުރެވިއްޖެ ނަމަ އެމަނިކުފާނަށް އިތުރު 16 މިލިއަން ރުފިޔާ ދޭން ނިންމާފައި އޮތް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން